ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ވަޒީރަކަށް އެންމެ ރަނގަޅީ ރައީސް ޔާމީން: މުސްތަފާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޮޑު ވަޒީރުކަން ކުރަން އެންމެ ގާބިލު ފަރާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުސްތޮފާ ވިދާޅުވީ ރިޔާސީ ނިޒާމަކީ ރަސްކަމެއް ކުރުން ކަމަށާއި ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަަށެވެ. އަދި ރައީސް ޔާމީން ވެސް ބޭނުންފުޅު ވަނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅުވަނީ ރިޔާސީ ނިޒާމެއް މިގައުމުގައި އޮތުން ކަމަަށް މުސްތަފާ ވިދާޅުވިއެވެ.

“އަޅުގަނޑުގެ ނަޒަރުގައި ގައުމުގެ ބޮޑުވަޒީރަކަަށް ގެނަން އެންމެ ރަނގަޅީ ރައީސް ޔާމީން. އެއީ ހިންގުންތެރިކަން ހުންނާނެ. އެ ގާބިލްކަން އެބަހުރި. އެ ހުނަރާ އުކުޅުތައް އެބަހުރި. އެގޮތް ގޮތަށް ބަލާއިރު އަޅުގަނޑު ތާއީދު ކުރާނީ ރައީސް ޔާމީނަށް.” މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ރައްޔިތުންގެ ވޯޓުން ނޫން ވިޔަސް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި ނަމަވެސް އެއީ އޭނާ ތާއީދުކުރާ ގޮތެއް ނޫން ކަމަށެވެ.

“މަޖިލީހުގައި އެބަތިބި [އެމްޑީޕީގެ]65 މެމްބަރުން. ވަރަށް ރަނގަޅު އަގުލަބިއްޔަތެއް އެ އޮތީ. ރައްޔިތުންގެ ވޯޓަކަށް ދާ ނަމަ އެއީ ރިސްކެއް. އޭގެ ބަދަލުގައި ރަނގަޅު ގޮތަކީ، ފަސޭހައިން މިކަން ނިންމޭނެ ގޮތަކީ މަޖިލީހުން މިކަން ނިންމުން. މަޖިލީހުން މިކަން ނުކުރެވެންވީ ސަބަބެއް ނެތް.” މުސްތަފާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމުގެ ވާހަކަތައް ތަކުރާރުކޮށް އެތައް ފަހަރަކު އެތައް ގޮތަކަށް ދެއްކެވުމަށްފަހު ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށައަޅުއްވާފަ އެވެ.

ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 58%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: