ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ވަޒީރުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތުހުމަތުކުރައްވައިފިއެވެ.

އާޒިމް މިހެން ވިދާޅުވެފައިމިވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ އިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނުނިންމުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

އެގޮތުން އާޒިމް ވިދާޅުވީ މިކަމުގައި ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި ސީދާ މަޖިލިސްގައި ހިމެނޭ މެމްބަރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް މިކަން ކުރަން އުޅުންކަމަށެވެ. އަދި މިގޮތަށް ކަންކަން ތަކުރާރު ނުކުރުމަށް އާޒިމް ވަނީ ވަޒީރުންގެ ކިބައިން އެދިފައެވެ.

“ދައުލަތުގެ ޙަރަދަށް ޒިންމާވުމުގެ ޤާނޫނަށް އަމަލުކުރުން ފަސްކުރުމަށް ދެވިފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ގޮތެއްނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމް.ޑީ.ޕީގެ ލީޑަރ ޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން. މިގޮތައް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން” އާޒިމް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވެފައިވަނީ، މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ދީފައިވާ ހުއްދަ އިތުރުކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް މި މަހުގެ 26 ކުރިން ޖަވާބެއް ދިނުން މުހިއްމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: