ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމެއް ގެނަން ޖެހޭ ސަބަބެއް ނެތް، ނުވެސް ގެނެވޭނެ: މޫސަ

ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމެއް ގެނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ނިޒާމު ނުވެސް ގެނެވޭނެ ކަމަަށް ކުރީގެ އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވާފައެވެ.

ރައީސް ނަޝީދު ރައީސް ސޯލިހަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ. މިކަން މިގޮތަށް ކުރެވޭނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެންނެވެ.

މިކަމާ ގުޅިގެން ސަންގު ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ މަޖިލިސް ރައީސް ކަމުގެ މަޤާމުގައި އިންނަވައިގެން ކުޑަކުދިން އުޅުއްވާ އުސޫލުން ކަންކަން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ނިންމުމަކުން ރާއްޖޭގައި އޮންނަ ނިޒާމެއް ކަނޑައަޅާފައިވާއިރު، އެކަން ބަދަލުކޮށް ގައުމު ގަޑުބަޑު ކުރުމަށް ނޫޅުއްވުމަށް މޫސަ ވަނީ ރައީސް ނަޝީދަށް  ގޮވާލައްވާފައެވެ.

“ބަރުލަމާނީ ނިޒާމެއް ގެނަން ޖެހޭ ސަބަބެއް ނެތް. ކައިރި މުސްތަގުބަލެއްގައި ނިޒާމު ބަދަލު ނުކުރެވޭނެ. 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓްގައި ބަރުލަމާނީއަކަށް ތާއީދު ކުރިން. ނަމަވެސް މިހާރު އެ ނިޒާމު ގެނައުމާ އަޅުގަނޑު މުޅީން ދެކޮޅު.” މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިއީ ނިޒާމު ބަދަލު ކުރުމައިގެން އުޅެންވީ ވަގުތު ނޫން ކަމަށާއި މިވަގުތު އެމްޑީޕީ އިސްވެރިން ކުރަން ޖެހޭ ކަމަކީ އެތެރޭގެ ބައިބައިވުން ދޫކޮށްލައި ލިބުނު ނިއުމަތަށް ޝުކުރުވެރިވާން ދަސްކުރުން ކަމަށެވެ.

ނަޝީދު ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެ މެސެޖުގައި އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: