ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕް ކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލަ އަލުން އެޖެންޑާކޮށް ނުވަ މެންބަރުންގެ ޚާއްޞަ ކޮމިޓީއަކަށް ދިރާސާކުރުމަށް ފޮނުވަން ފާސްކޮށްފިއެވެ.

މި މައްސަލައިގައި ވަކި ކޮމިޓީއެއް ނަގައިގެން ކުރިއަށް ގެންދިއުމަށް އިއްޔެގެ މަޖިލީހުގައި ވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ވަކި ކޮމިޓީއަކަށް މިމައްސަލަ ފޮނުވައިގެން ކުރިއަށް ގެންދިއުމަށް އިއްޔެ ފާސްވެފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާއަށް މި މައްސަލަ އަނެއްކާވެސް ތާވަލުކުރި އިރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވަނި އޮވާޑްރާފްޓްގެ މުއްދަތު އަހަރަކަށް އިތުރުކުރަން ހުށަހެޅި މައްސަލަ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުން ފާސް ކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 51 މެމްބަރުންގެ ވޯޓުންނެވެ.

މި ވަގުތީ ކޮމިޓީގައި ހިމެނެނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން)، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ)، ތުލުސްދޫ ދާއިރާގެ މެންބަރު ހުސައިން ނަސީމް، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: