ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން ފާސްކުރީ ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން!

ޝިފްލާ އިބްރާހީމް މީގެކުރިން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ އިންޓިވިއުގައި ވާހަކަދައްކަނީ
ޝެއާރކޮށްލާ ކަހަލަދޯ؟
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް މަޝްހޫރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ޝިފްލާ އިބްރާހިމްގެ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މިއީ ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރުމާމެދު ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ތިން ވަނަ ފަހަރެވެ. ރައީސް ފޮނުވި ލިސްޓުގައި ޝިފްލާ ޢޮތީ، ދެވަނައި އެވެ.

ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސް ނަން ފޮނުވި ތިން ބޭފުޅުންނާއި ވެސ،ް މިއަދު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ އިންޓަވިއުކޮށްފަ އެވެ. ޝިފްލާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

ރައީސް ދެން ނަން ފޮނުއްވި ފާތުމަތު ސައުޝަން އާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަން ތަޅުމަށް ފޮނުއްވުމަށް ކޮމިޓީން ފާހެއްނުވި އެވެ. ކޮމެޓީގައި 11 މެމްބަރުން ހާޒިރުވެތިބިއިރު، އެ ދެ ބޭފުޅުންނަށް ވެސް ލިބުނީ 06 މެމްބަރުންގެ ވޯޓެވެ.

ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާތަ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝިފްލާއަކީ “ސަންގު ޓިވީ” ގެ މެއިން ނިއުސް އެންކަރ އެވެ.

ޝިފްލާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލުކޮށްފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އާ މެމްބަރުކަމަށް އައްޔަން ކުރަނީ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވާތީ އެވެ.

ބްރޯޑްކޮމްގެ ރައިސަކަށް މަރިޔަމް ވަހީދާ ހުންނެވިއިރު، ނައިބު ރައީސަކީ އަހުމަދު ގައިސެވެ. މެމްބަރުންގެ ގޮތުގައި ތިއްބެވީ އަލީ ޔޫސުފާއި، އައިމިނަތު އަމީނާ (އަނާ) އަދި އަމްޖަދު ވަހީދުގެ އިތުރުން މުހައްމަދު ފަޒީން އާއި ސަހާރަތު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: