ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޫނިދޫން 13 މީހަކު ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ދޫނިދޫއިން 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ރޭ ބުނީ ދޫނިދޫއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ނަމަވެސް ޕޮޒިޓިވްވެފައި ވަނީ ބަންދުގައި ތިބި މީހުން ކަމެއް ނުވަތަ ފުލުހުން ކަމެއް ނުބުނެއެވެ.

ދޫނިދޫގައި ކޮވިޑް އުޅޭކަމުގެ މައުލޫމާތު އެންމެ ފުރަތަމަ އާންމު ކުރީ ބާ ކައުންސިލުންނެވެ. އެ ކައުންސިލުން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދޫނިދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާތީ ޖަލު ބަންދުގައި ތިބި މީހުންގެ ވަކީލުން އެމީހުންނާއި ބައްދަލު ކުރުމުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ދޫނިދޫއިން ބަޔަކު ޕޮޒިޓިވްވެފައިވާއިރު، މާފުށީ ޖަލާއި އައްސޭރި ޖަލުން ވެސް ކޮވިޑް ކޭސްތަކެއް ވަނީ ފެނިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: