ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

ޖިންސީ ގޯނާގެ މައްސަލަތަކާއި ދެކޮޅަށް ވީއޯސީން އިންތިޒާމު ކުރާ ހަރަކާތުގެ ތެރެއިން-/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މިމައްސަލަ ހުށަހެޅުމާއި ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިފައިވާ ކަމަށާއި ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށް ދައްކާ، ސައިކޮލޮޖިކަލް ރިޕޯޓާއި މައްސަލަ އާއި ގުޅިގެން ހަދަން ޖެހޭ ރިޕޯޓްތައް ހެދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިމައްސަލަ އަކީ ސީރިއަސް މައްސަލައަކަށްވާތީ، ތަހުގީގަށް ބޭނުންވާ ހެއްކާއި، ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމުގައި ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ނަށް އަރުވާ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: