ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެން ކުއްޖާ ވެއްޓުނީ މީހެއްގެ ފައި މައްޗަށް، އެނބުރި ބަލާވެސް ނުލި!

މިދިޔަ ހުކުރު ދުވަހު މާލޭގެ މަގުމަތިން ހިނގާފައި ދިޔަ އަންހެން ކުއްޖަކު އުފުއްލާލައިގެން ގޯޅިއަކަށް ވައްދާ މަންޒަރު ފެންނަ ވީޑީިއޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

TRIGGER WARNING

މާލެގެ މަގުމަތީގައި އަންހެން ކުއްޖަކު ގަދަކަމުން ގޯޅިއެއްގެ ތެރެއަށްލާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 20:30 ހާއިރު މިހާދިސާ ހިނގާފައިވަނީ މާފަންނު ލެމަންގްރާސް ސަރަހައްދުގަ އެވެ.

ގާތްގަނޑަކަށް އެއް މިނެޓުގެ އެ ވީޑިއޯ ފެށޭ ހިސާބުން އަންހެން ކުއްޖެއްގެ އަތުގައި ގަދަކަމުން ހިފައި ދަމާ ގެންދާތަން ފެނެއެވެ. އޭރު އީދު މިސްކިތުގައި ތަރާވީސް ނަމާދު ކުރަން އާއްމުން ބޭރުގައި ސަފުތައް ހަދާފައި ހުއްޓެވެ. އަދި ކޮންމެވެސް ވަަރަކަށް މީހުން އެ މަގުން ހިނގާތަން ފެނެއެވެ.

ގަދަބާރުން އަންހެން ކުއްޖާ ގެންދަން މަސައްކަތް ކުރުމުން، އޭނާ އެކަމަށް އިންކާރުކޮށް ދެކޮޅު ހަދައެވެ. އަދި އޭގެ ތެރެއިން ކުއްލިއަކަށް ގޮސް އޭނާ ވެއްޓެނީ ގޯޅި ކުރިމަތީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި މަތީ މަޑުކޮށްލައިގެން ތިބި ބައެއްގެ ފައި މައްޗަށެވެ. އެހެން ނަމަވެސް، އެ މީހުން އަންހެން ކުއްޖާ ސަލާމަތް ކުރަން މަސައްކަތެއް ނުކުރެއެވެ. ވީޑިއޯ ނުސާފު ނަމަވެސް، އެ މީހުން ވެސް ކުޑަކޮށް ބަލާލުމަށްފަހު އަޅާނުލާ ދޫކޮށްލަނީކަން އެނގެއެވެ.

އަންހެން ކުއްޖާ ވެއްޓުމާއި އެކު، އެ މީހުންގެ ފަހަތުން އައި އިތުރު ފިރިހެނަކު ގޮސް އަންހެން ކުއްޖާގެ އަތުގައި ހިފާ ހިއްލާލަ އެވެ. އެއަށްފަހު ދެ މީހުން ވެގެން، އުފުއްލާލައިގެން ގޯޅީގެ ތެރެއަށް ވައްދައެވެ. އެ މަންޒަރު ބަލަން ގޯޅީގެ ކުރިމަތީއާއި، ސީސީޓީވީ ކެމެރާއަށް އަރާ ހިސާބުގައި ތިބެ އެވެ.

އެނގިފައިވާ ގޮތުން، އެކަން ހިނގިތާ 2 މިނެޓު ނުވަނީސް، ގޯޅީގެ ތެރެއަށް ދުވެފައި ގޮސް ވަންނަނީ ތަރާވީސް ނަމާދުގެ ފަހަތު ސަފުގައި ތިބި ބައެކެވެ.

އަންހެން ކުއްޖާ ހިއްލާލައިގެން ގޮސް ގޯޅީގެ ތެރެއަށް ވެއްދިިއިރު، އޭނާގެ ހަޅޭކުގެ އަޑާއި ސަލާމަތްކޮށްދޭން އެދި ކުރި އާދޭހުގެ އަޑު މުޅި ގޯޅީގެ ތެރޭގައި ހުއްޓެވެ.

ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުން، ގިނަ ބަޔަކު ވަނީ ރާއްޖެ މުޖްތަމައުއެއްގެ ގޮތުގައި ފެއިލްވެފައިވާ މިންވަރު އޭގެއިން ހާމަވާކަން ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ، 18 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮަށްފަ އެވެ. މި ދެ މީހުންނަކީ ވެސް މާރާމާރީ އާއި، ވައްކަން އަދި ބޮޑެތި ކުށްތަކުގެ ރެކޯޑު އޮންނަ މީހުންނެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: