ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޖިންްސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހިނގި އެ ހާދިސާގެ ތަހުގީގު ފަށާ އާއްމުކުރި ބަޔާނުގައި ފުލުހުން ބުނެފައި ވަނީ، ކުޑަ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ކަށަވަރު ކުރަން ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ. އަދި ނަފްސާނީ ގޮތުންކޮށްފައިވާ އަސަރުތައް ދެނެގަތުމަށް ސައިކޮލޮޖިސްޓަކަށް ދައިކައި ސައިކޮލޮޖީ ރިޕޯޓާއި އަދި ހަދަން ޖެހޭ އެހެން ރިޕޯޓްތައް ހަދަމުން އަންނަ ކަމަށެވެ.

ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއާ ގުޅިގެން ކުރަމުން އަންނަކަމަށް ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައިކަން ޔަގީންކޮށްދޭ ކަމަށެވެ.

އެނގިފައިވާ ގޮތުން މި ހާދިސާ ހިނގާފައި ވަނީ، ކުއްޖާގެ މަންމަ ވިހެއުމަށް ހޮސްޕިޓަލުގަައި އެޑްމިޓުކޮށްފައި އޮތްވައެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތަށް އިތުރުވެ، މިފަދަ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ އުފެދިފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި ފުލުހުންނަށް ހުށަހޭޅޭ މައްސަލަތަކާއި، ކޯޓުތަކުގައި ކުރިޔަށް ދާ މައްސަލަތަށް ކުރިޔަށް ނުގޮސް ދިގުލައިގެންދާތީ މީޑިއާތަކާއި އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: