ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯންޏެއްގައި ރޯވެ ދެ މީހަކަށް އަނިޔާވެއްޖެ

އަލިފާން ރޯވި ދޯނި— ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ކ. ކުޑަވިލިގިލި ރިސޯޓު ކައިރީގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ ހާދިސާ ހިނގިއިރު އޭގައި ތިބީ 4 މީހުން ކަމަށެވެ. އެހެންނަމަވެސް އަނިޔާވި ދެ މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. އަނިޔާ ލިބިފައިވަނީ ދިވެއްސަކަށާއި ބިދޭސީއަކަށެވެ. އެ ދެ މީހުން މިހާރުވަނީ ލޯންޗެއްގައި ތުލުސްދުއަށް ގެންގޮސްފައެވެ. އެހެންނަމަވެސް ދެ މީހުންނަށް ވެސް އިތުރު ފަރުވާ ބޭނުންވާތީ އެމްއެންޑީއެފް ލޯންޗެއްގައި އެ ދެމީހުން މާލެ ގެނައުމަށް މިހާރު ދަނީ ދަތުރު ކުރަމުން ކަމަށް ޢާޒިމް ވިދާޅުވިއެވެ.

މިހާދިސާ ހިނގުމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުޓީމުން އެ ތަނަށް ގޮސް ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ޢާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ މެންދަމު 3:23 އެހައިކަންހާއިރު ކަމަށެވެ. މިހާދިސާ ހިންގަން މެދުވެރިވި ސަބަބެއް ވެސް އަދި އެނގިފައެއް ނުވެއެވެ.

ޢާޒިމް ވިދޅުވީ ރޯވި އަލިފާން މިހާރުވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ. ހާދިސާއަށްފަހު ދޯނި މިހާރު އޮތީ ދެފެންދޭތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: