ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ކޭސްތައް މައްޗަށް! ފިޔަވަޅެއް ނާޅަނީ ކީއްވެ؟

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ވެސް ފެންނަމުން މިދަނީ ކޮވިޑުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން މިކަމާ ގުޅޭގިޮތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތަނެވެ. ފާއިތުވި ދުވަސްތައް ފާހަގަ ކުރެވެނީ  މާލޭގެ އިތުރުން ރާއްޖެ ތެރޭގެ ރަށްރަށުގައި ކޮވިޑްގެ ގިނަ ކޭސްތަކެއްފެންނަމުންދާ މަންޒަރެވެ. އެގޮތުން އާބަދީގައި ގިނަ ބަޔަކު ދިރިއުޅޭ ބ.އޭދަފުށީގައި ވެސް މިވަނީ ކޮވިޑް ކޮމިއުނިޓީ ސްޕްރެޑަކަށް  ގޮސްފައެވެ. އެގޮތުން އޭދަފުށިން މިހާތަނަށް 37 މީހަކު މިވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުން ވަނީ މި ބައްޔަށް  މީހުން ޕޮޒިޓިވްވެ ގިނަ ރަށްތަަކެއް މިވަނީ މޮނިޓަރިންނަށް ލާފައެވެ.

ފާއިތުވި ދުވަސް ތަކުގައި ރާއްޖެއިން ބަލި ފެންނަމުން ދާލެއް ގިނަ ނަމަވެސް މި ފެންނަނީ އެޗްޕީއޭގެ ފަރާތުން ރައްކާތެރި ކަމުގެ ގޮތުން ފިޔަވަޅުނާޅާ މަންޒަރެވެ. ކޮވިޑްގެ ބިރުވެރިކަން  ރާއްޖޭގައި މިހާރު ނެތީބާއޭވެސް މިހާރު ސުވާލު އުފެދެއެވެ. މި ބައްޔަކީ އެއްބަޔަކަށް އާދައިގެ ރޯގާއަކަށް ވީ ނަމަވެސް ހައިރިސްކް މީހުނަށް މިބަލި ވެގެން މިދަނީ ވަރަށް ނުރައްކާތެރި ބައްޔަކަށެެވެ. އަޅާފައިވަ ފިޔަވަޅުތައް ލުއި ދިނުމުގެ ގޮތުން އުވާލުމަކީ އަދި ހައްލެއް ނޫނެވެ. ކުރިން ވެސް ކޮވިޑާ ގުޅިގެން އެޅުން ފިޔަވަޅުތަކަށް އެޗްޕީއޭއިން ދެމުން ދިޔަ އިރުޝާދުތަކަށް ދިވެހިން ބީރު ކަންފަތެއް ދިން ނަމަވެސް ޕޮޒިޓިވް ވާ މީހުންގެ އަދަދު ކޮންޓޮރޯލް މިންވަރެއްގައި ހުރިކަން ފާހަގަ ކުރެވެ އެވެ.

ކޮވިޑްގެ ކޭސްތައް މިދާގޮތަށް މަށްޗަށް ދާނަމަ ހޮސްޕިޓލްގައި ފަރުވާ ދޭމީހުންގެ އަދަދު އިތުރުވެ ރާއްޖޭގެ ހާލަތު ގޯސްވެއްޖެ ނަމަ އިގްތިސާދީ ގޮތުންނާއި މާލީގޮތުން ވެސް ގިނަ ގޮންޖެހުންތަކެއް ދިމަވާނެއެވެ. މިހާލަތައް ރާއްޖެ ނުދިއުމަށްްޓަކައި ރައްކާރެތި ވުމުގެ ގޮތުން ފިޔަވަޅު އެޅުން މިއީ ވަރަށް މުހިއްމު ކަމެކެވެ. ނޫންނަމަ ފެންނަމުން ދާނީ ރާއްޖެގެ ހާލަތު ގޯސްވެ ކޮވިޑް ގެ ކޭސްތައް ގިނަވެ ރާއްޖޭގައި ބަލިޖެހިގެން ހާލުބޮޑުވާ މީހުން ގިނަވެގެން ދަތަނެވެ. އެޗްޕީއޭއިން ކޮވިޑްގެ ކޭސްތައް މައްޗަށް ދާއިރުވެސްް މިކަމާ ދޭތެރޭ ފިޔަވަޅެއް ނާޅާ އޮންނަނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ.

ދިވެހިންގެ އުޅުމަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ ގައި ދުރު ކަމެއްނެތި މާސްކް ނާޅާވެސް އުޅޭތަނެވެ. ހަވީރު ކުދިބޮޑު އެންމެން ތޮއްޖެހިގެން މަލޭގެ އެކިތަންތާ މީހުން އުޅޭތަން މިދަނީ ފެންނަމުންނެވެ. މިއީ ކުޑަކަމެއް ގޮތުގައި ގިނަ ދިވެހިންތަކެއްގެ އުޅުމުން ދަނީ ފެންނަމުންނެވެ. މިކަންކަން ހުއްޓުވަން އެޗްޕީއޭގެ ފަރާތުން އެއްވެސް ކަމެއް ނުކޮށް ނދާފައި އޮތުން މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާލިކަމުގައި ވިޔަސް ރާއްޖެއިން އިތުރު 319 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 27،403 އަށް ވަނީ އަރާފައެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ މީހުން ދިރިއުޅޭ ރަށްރަށުން 182 މީހުން ޕޮޒިޓިވްވެފައިވާއިރު، މާލެ ސަރަޙައްދުން 108 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިއްޔެ 130 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 24،116 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3،207 މީހުންނެވެ. އަދި 98 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: