ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ކޮމިޝަން

ޔާމީން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ސ.ފޭދޫ، ޗާބޭލީގެ، ޔާމީން ރަޝީދު ނުހަނު އަނިޔާވެރި ގޮތަކަށް މަރާލުމުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

ޔާމީންގެ މަރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ނެތުމުން އާއިލާއަށާއި ރަހުމަތްތެރިންނަށް ލިބިފައިވާ ފުން ހިތާމައިގައި ކޮމިޝަނުން ބައިވެރިވާ ކަމަށެވެ.

އަދި ޔާމީންގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާ ގޮތް ގާތުން ބަލަމުންދާ ކަމަށާއި އަދި މި މައްސަލައިގައި ޝަރީއަތް ހިނގަމުންދިޔަ ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔާއެކު، ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާ ގޮތަށް، މި މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

“ކޮމިޝަނުގެ އެދުމަކީ މި މައްސަލައާ ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަކަށް ނިމި، ޔާމީން ރަޝީދުގެ އާއިލާ އަށް އިންސާފު ލިބުމެވެ” އެ ބަޔާނުގައި ވެއެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: