ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްރާ ނެގި ނިޒާމީ ޕޯލްގެ ނަތީޖާ ބުރަވީ ބަރުލަމާނީ ކޮޅަށް!

އިބްރާހިމް އިސްމާއިލް އިބްރާ ފޮޓޯ: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އަމިއްލަ ޓްވިޓާގައި ނެގި ޕޯލްގެ ނަތީޖާ ބަރުލަމާނީ ކޮޅަށް ބުރަ ވެއްޖެއެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހަފްތާ ވަނީ ދަންނަވާފައެެވެ. އެއާއެކު އަނެއްކާވެސް ނިޒާމީ ބަހުސް ސޯސަލް މީޑީއާގައި ވަނީ ފެށިފައެވެ.

އެގޮތުން އިބްރާ ވަނީ އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓުގައި ޕޯލެއް ނަގާފައެވެ. ޕޯލްގެ ނަތީޖާ ދައްކާގޮތުން ވޯޓުލީ 1991 އެމީހުންގެ ތެރެއިން 76 ޕަސެންޓް މީހުން ވަނީ ބަރުލަމާނީ އަށް ތާއީދު ކޮށްފައެވެ. ރިޔާސީ ނިޒާމަށް ތާއީދު ކުރީ އެންމެ 24 ޕަސެންޓް މީހުންނެވެ.

އިބްރާ މީގެ ކުރިން ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމަ ރައްޔިތުންގެ މަޖިލިސް ޖެހޭނީ އަލުން އިންތިހާބު ކުރަން ކަމަށެވެ.

އިބްރާ ވިދާޅުވީ މިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު ކަމަށް މުހައްމަދު ރަޝީދު (ބޯދިގު) އިންތިހާބު ކުރަން ވޯޓު ދެއްވީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ހުންނެވުމަށް ކަމަށެވެ. އެގޮތުން އެއީ ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގުމުގައި އުޅެން ދިން ވޯޓެއް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ.

އަދި ރައްޔިތުން ނިންމާފައި އޮތް ކަމެއް ބަދަލު ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިހާރު އުޅުއްވަނީ ހައިސިއްޔަތު އޮޅިގެން ކަމަށެވެ. އެގޮތުން ނަޝީދު މަޖިލީހުގައި އިންނެވީ އެންމެ ދާއިރާއެއް ތަމްސީލުކުރަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެހާސް ހަތްވަނަ އަހަރު އޮތް ނިޒާމު ކަނޑައެޅުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައީސް ނަޝީދު ކެމްޕެއިން ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދުކުރެއްވީ ރިޔާސީ ނިޒާމަކަށެވެ.

އެއަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ތެރެއިން ބޮޑު އިންސައްތައެއް ނިންމާފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: