ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކުޅިވަރުގެ އިދާރީ ހިންގުން އިސްލާހު ކުރުމުގެ ޝައުގުވެރިކަމެއްވެސް ނިޔަތެއްވެސް ސަރުކާރުގެ ނެތް”

ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގެ އިދާރީ ހިންގުން އިސްލާހު ކުރުމުގެ ޝައުގުވެރިކަމެއްވެސް ނިޔަތެއްވެސް ސަރުކާރުގައިނެތް ކަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރުގެ ތެރޭގައި ހުރި އިދާރީ ހިންގުމުގެ މައްސަލަތައް އިސްލާހުކޮށް އެކަންކަން ރަނގަޅު ކުރުމަކީ ކުޅިވަރުގެ ހިންގުން ހަރުދަނާ ކުރުމަށް އޮތް އެންމެ ފަހި ގޮތްކަމަށާއި ނަމަވެސް އެކަން ކުރުމުގެ ނިޔަތެއްވެސް އަދި ޝައުގުވެރިކަމެއްވެސް ސަރުކާރުގައި ނެތްކަމަށެވެ.

“ޤާނޫނާ ޚިލާފަށް ހިންގާ އެތައް ކަމެއް އެހެރީ ފެންނަން.” ހަސަން ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، ކުޅިވަރަށް ހަރުދަނާ ސިޔާސަތެއް ކަނޑައެޅުއްވުމަށް ހަސަން ލަތީފް ވަނީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅުއްވާފައެވެ.

އެ ބިލުގައި ކުޅިވަރުގެ ވަޞީލަތްތައް ބިނާކޮށް ތަރައްޤީކުރާއިރު އެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމާއި، އެފަދަ ވަޞީލަތްތައް ޤާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުޞޫލެއް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިޚާބުތަކެއްކަމުގައި ހެދުންވެސް މި ބިލް ހުށައެޅުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: