ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާލާތުން އައިކަމުން އަނގަޔާ އަތާ ދިމާވަނީ: މޯލްޑިވިއަންގެ ޑީއެމްޑީ ޖެނީ

އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީއަކަށް އައްޔަން ކުރެއްވި އައިޝަތު ޖެނިފާ -- ސަން ފޮޓޯ/ފަޔާޒު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ އަނގަޔާ އަތާ ދިމާވަނީ އިންޑިއާ “އާލާތުން” އައިކަމުން ކަމަށް މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ ވިދާޅުވެއްޖެއެވެ.

ޖެނީ މިހެން ވިދާޅުވީ އިންޑިއާގައި ކަންބޮޑުވާ ދަރަޖައަކަށް ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ރާއްޖެ އަންނާތީ މީހަކު ޓްވިޓާގައި ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.

ރާއްޖޭގައި ކޮވިޑްގެ އަދަދު މައްޗަށް ދާތީ ޖެނީ ކުރެއްވި ޓްވީޓެއްގައި ވަނީ ހާލަތު ބިރުވެރި ކަމަށް ވިދާޅުވެފައެވެ. ޖެނީގެ އެ ޓްވީޓަށް ޖަވާބު ދެމުން މީހަކު ބުނީ “އަދިވެސް އިންޑިއާ އާލާތުން މި ގައުމަަށް ގެނެސް ފުނި ޖެހުވޭތޯ ބަލާ.” މިހެންނެވެ.

އެމީހަށް ރައްދު ދެމުން ޖެނީ ވިދާޅުވީ އަނގަޔާ އަތާ ދިމާވަނީ އިންޑިއާ އާލާތުން އައުމުން ކަމަށާއި އެހެން ނޫން ނަމަ ގިނަ މީހުން އަދިވެސް ތިބޭނީ ގޭގައި ކުރާނެ މަސައްކަތެއް އަދާކުރާނެ ވަޒީފާއެއް ނެތި ކަމަށެވެ.

ކުންފުންޏެއްގެ އިސް ވެރިއެއްގެ ބަސްމަގު މި ގޮތަށް ހުރުމުން ގިނަ ބަޔަކު އަންނަނީ ޖެނީއަށް ފާޑުކިޔަމުންނެވެ.

ދުނިޔޭގައި މިވަގުތު ކޮވިޑް-19ގެ ޙާލަތު އެންމެ ނުރައްކާ ފައްތަރަކަށް ގޮސްފައި އޮތް ޤައުމަކީ އިންޑިޔާއެވެ. މިއާއެކު އިންޑިއާ ފަތުރުވެރިން ރާއްޖެއައުން މަނާ ކުރުމަށް ގިނަ ފަރާތްތަކަކުން އަންނަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 37%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 42%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. މިއާލާތުން ގެއަށް ކަޑާލާވަރު ކުރަން ވެއްޖެ ރައްޔިތުންނަށް ސަލާމަތެއް ނެތް . މިބައިގަޑެއްގެ ބަލާ ވެރިކަން ގައުމަށް ޖެހިފަމިއޮތީ

  2. ދިވެހިން އަނގަޔާ އަތާ ދިމާވަނީ ކީއްވެގެން ކަން ބުނަން އޭނަ އަކަށް ނޭނގޭނެ. ނަމަވެސް އޭނަ އަނގަޔާ އަތްދިމާކޮށްދެނީ ކާކު ކަން އެނގެނީ ކަމަށް ވެދާނެ. ބޮޑުތަނުން ފައިދާ ވަމުންދިޔަ ކުންފުނި ބަނގުރޫޓު ވަނީ ކަމަށް ބުނާތީ އިވެނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: