ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ ޕާޓީން!

އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތުގތެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ދިހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ނިމިދިޔަ ކައުންސިލް އިންތިޙާބުގައި އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމްއިން ކާމިޔާބު ކޮށްފައިވަނީ 325 ގޮނޑިއެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ 804 ކެނޑިޑޭޓަކު ވާދަކުރި އެވެ. އިންތިޚާބާއި ދައީމީ ނަތީޖާތައް އިއުލާނުކުރުމަށްފަހު އިލެލްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އެމްޑީޕީން ކަމަށާއި އެޕާޓީން 400 ގޮނޑި ކަށަވަރު ކޮށްފައިވާކަމަށެވެ. މީގެތެރެއިން 3 ސިޓީގެ މޭޔަރުކަމާއި އެކު އެ ސިޓީތަކުގެ މެޖޯރިޓީ ވަނީ އެމްޑީޕީން ހޯދާފައެވެ.

މީގެއިތުރުން މާލެ ސިޓީ ހިމެނޭހެން ސިޓީ ކައުންސިލްތަކުން 18 ގޮނޑިއަކާއި 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަމާއި 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ކަމަށްވެސް ހޮވިފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އަދި ރަށު ކައުންސިލް މެމްބަރުންގެ ތެރެއިން 155 ގޮނޑިއާއި ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑިން 142 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީއިން ނެވެ. މުޅި އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އިންތިހާބު ކުރަންޖެހޭ ޖުމްލަ މަގާމުތަކުގެ ތެރެއިން 43 އިންސައްތަ ކާމިޔާބުކުރީ އެމްޑީޕީންނެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއާއި ވާދަ ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްއިންނެވެ. ޕީޕީއެމްއިން އިންތިހާބުގައި 625 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އަދި މިހާތަނަށް އެމްޑިޕީން ކާމިޔާބުކުރަމުން އައި މާލެސިޓީގެ މޭޔަރުގެ މަގާމާއި މާލެ ސިޓީގެ މެޖޯރިޓީވެސް މިފަހަރު ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްއިންނެވެ.

އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރި ގޮނޑިތަކުގެ ތެރޭގައި ސިޓީ ކައުންސިލްތަކުން 16 ގޮނޑިއަކާއި 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަން ހިމެނެއެވެ. މީގެ އިތުރުން 51 ރަށެއްގެ ރަށުކައުންސިލްގެ ރައީސްކަމާއި ކައުންސިލްތަކުން 121 ގޮޮނޑިއަކާއި އަންހެނުނަށް ހާއްސަ ކުރި ގޮނޑިތަކުން 129 ގޮނޑިއެއްވެސް ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފައެވެ. މިފަހަރުގެ އިންތިހާބުގެ 34.9 އިންސައްތަ މިވަނީ ޕީޕީއެމްގެ ފަރާތުން ކާމިޔާބު ކޮށްފައެވެ.

ދެން އިންތިހާބުގައި އެންމެ ގިން ގޮނޑި ކާމިޔާބުކޮށްފައިވަނީ ޖުމްހޫރީ ޕާޓީންނެވެ. އެޕާޓިން ވަނީ މި ފަހަރުގެ އިންތިޚާބުގައި ސިޓީ ކައުންސިލްގެ މެންބަރުކަމުގެ 1 ގޮނޑިއަކާއި 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި 7 ކައުންސިލެއްގެ މެމްބަރުކަމާއި އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ތެރެއިން 15 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. ޖުމަލް 26 ގޮނޑި ޖުމްހޫރީ ޕާޓިން ކާމިބުކުރިއިރު މިއީ އިންތިޚާބުގެ 2.8 އިންސައްތައެވެ. އެމްޑީއޭ އަށް މި އިންތިޚާބުގައި ކާމިޔާބުކުރެވުނީ ޖުމްލަ 16 ގޮނޑިއެކެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ރަށު ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ހާއްސަ 8 ގޮނޑިއެކެވެ. އަދި މިއީ އިންތިހާބުގެ 1.1 އިންސައްތައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިއަށް ކާމިޔާބުކުރެވުނީ 13 ގޮނޑިއެވެ. އޭގެތެރޭގައި 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެންބަރުކަމުގެ 3 ގޮނޑިއަކާއި، އަންހެނުންނަށް ޚާއްޞަ 3 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ 0.7 އިންސައްތައެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 273128 މީހަކަށް ލިބިގެންވާއިރު، އިންތިޚާބުގައި ވޯޓުލީ 186253 މީހެކެވެ. މިފަހަރު ވޯޓް ލާފައިވަނީ68.19 އިންސައްތަ މީހުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ތެރޭގައި ބޭއްވި އިންތިޚާބަކާއި އަޅާބަލާއިރު ރަނގަޅު އަދަދެއްކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރި މިންވަރަށްވުރެ މަތީ ޢަދަދެއްކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 3814 ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރި 1580 ކެނޑިޑޭޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: