ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ކުއްޖަކު ވެންޓިލޭޓަރުގައި، ފަރުވާދޭނެ ވަސީލަތްތައް ނެތް: ޑރ. ފައިސަލް

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކިޔުބިކަލްތަކުގައި ފަރުވާދޭންޖެހޭ ކުޑަކުދިންނަށް އެކަށީގެންވާ ވަރަށް ނަރުހުންނާއި މެޝިން ނެތް ކަމަށާއި ހާލަތު ގޯސް ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑު ޖެހިފައި ހުއްޓައި ވިހެއުމުގެ ސަބަބުން އުފަންވި ތިން ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެކުދިން ކޮވިޑަށް ނެގެޓިވް ކަމަށް ފައިސަލް ވިދާޅުވިއެވެ.

“އެ ކުދިން ނައްސިވިޔަސް ކޮންޓެކްޓުންނަށްވާތީ ފަރުވާދޭން ޖެހެނީ ވަކިކޮށްގެން، ވަކި ކިޔުބިކަލްތަކުގައި. އެކަށީގެންވާ ވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް. ހާލަތު ގޯސް،” ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާ އިރު، މިހާރުވެސް 101 ފަރާތަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. މިއަދުވެސް ވަނީ 218 މީހަކު ޕޮޒިޓިވްވެފައެވެ. އެގޮތުން މާލެ އިން 76 މީހަކު އަދި އަތޮޅުތެރެއިން 135 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
21%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 71%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: