ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ މައްސަލައިގައި ކޯޓަށް ނުދާން އެމްޑީޕީން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ފާހަގަވި ކަންކަމާ ގުޅިގެން ކޯޓަށް ނުދިޔުމަށް އެމްޑީޕީން ނިންމައިފިއެވެ.

މާލޭގެ ހަ ދާއިރާއެއްގެ ދެ ކެންޑިޑޭޓުންގެ ފަރަގަށް ވުރެ ބާތިލު ވޯޓު ގިނަ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ދާއިރާތަކުގެ ވޯޓު އަލުން ގުނައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފައެވެ. އަދި ބައެއް ގޮނޑިތަކުގެ މައްސަލައިގައި ކޯޓަށް ދާންވެސް މީގެ ކުރިން ނިންމާފައިވެއެވެ.

ބިލަބޮންގް ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގައި ކޯޓަށް ނުދާން ނިންމައިފައެވެ.

ނަމަވެސް ކެންޑިޑޭޓުން އަމިއްލަ ގޮތުން ހުށަހަޅައިފިނަމަ އެމްޑީޕީން އެފަދަ މައްސަލައަކަށް ތާއީދުކުރުމަށް މިރޭގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީން 804 ގޮނޑި އަށް ވާދަކުރިއިރު އެ ޕާޓީން ވަނީ 400 ގޮނޑި ކާމިޔާބުކޮށް އިންތިހާބުގެ މެޖޯރިޓީ ހޯދާފައެވެ. އިދިކޮޅު ޕީޕީއެމުން 646 މަގާމަށް ވާދަކުރިއިރު 325 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: