ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު މެއި އަދި ޖޫންގައި!

އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން އިންތިހާބުގައި ވޯޓުލުމުގެ ކަންކަމުގައި ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު އޮންނަނީ މެއިމަހުގެ 1 ވަނަ ދުވަހާއި ޖޫންމަހުގެ 5 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ނަތީޖާ އެއްވަރުވުމާއި ގުޅިގެން އަދި ޝަކުވާތަކާއި ގުޅިގެން ބައެއް ދާއިރާތަކުގައި އިންތިހާބު އަލުން ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މޭއި މަހުގެ އެއްވަނަ ދުވަސްކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަތީޖާ އެއްވަރުވެގެން 4 ރަށެއްގައި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ނަތީޖާ އެއްވަރުވެގެން 6 ރަށެއްގައި އަލުން އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޝަކުވާތަކާއި ގުޅިގެންވެސް 3 ދާއިރާއެއްގައި އަލުން އިންތިހާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަލުން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ހއ. ތަކަންދޫ އަންހެނުންގެ ޚާއްސަ ގޮނޑިއަށާއި، ބ. ކިހާދޫ ކައުންސިލް މެމްބަރުކަމަށާއި، މ. ރަތްމަންދޫ ކައުންސިލް ރައިސްކަމަށާއި ފ. ދަރަނބޫދޫ އަންހެނުންގެ ޚާއްސަ ޑޮނޑިއަށާއި ލ. މާވާށު ކައުންސިލް ރައިސްކަމަށާއި ލ. މާވަށު ކައުންސިލް މެމްބަރުކަމުގެ އިތުރުން ތ.ގާދިއްފުށި އަންހެނުންގެ ޚާއްސަ ގޮނޑިއަށެވެ.

އިންތިހާބުގައި އެއްވެސް ފަރާތަކުން ވާދަނުކުރާތީ ބައެއް ދާއިރާތަކުގައި އިންތިހާބަށް އަލުން ހުޅުވާލުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު މިދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް އީސީން ވަނީ މިހާރު ނިންމާފައެވެ. އަދި މިގޮތުން އަލުން އިންތިޚާބަށް ހުޅުވާލަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެތެރެއިންނެވެ. އަލުން އިންތިހާބަށް އިއުލާންކުރަން ނިންމަފައިވަނީ ހދ. ނޮޅިވަރަން، ހދ. ނޭކުރެންދޫ، ބ. ފުޅާދޫ، އއ. ފެލިދޫ، ކ. ދިއްފުށި، މ. ރަތްމަންދޫ ގެ އިތުރުން ވ. ރަކީދޫގައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. ކަލައިދޫ، ވ. ފުލިދޫ، ބ. ކެންދޫ، ރ. މާކުރަތު، ނ. މަގޫދޫގެ އިތުރުން ހއ. އުލިގަމުގައެވެ.

އަދި އަލުން ބައެއް ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ހުށެއެޅިފައިވާ ޝަކުވާތަކުގެ ސަބަބުންނެވެ. މީގެތެރޭގައި އިންތިހަބުގެ ނަތީޖާއަށް ބަދަލުތަކެއް އަތުވެދާނެފަދަ ކަންކަން ހުރުމާއެކު އެފަދަ ދާއިރާތަކުގައި އަލުން އިންތިހާބު ބޭއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހަތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންތިޚާބުކަމަށް އިލެކްޝަންސްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: