ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްރޯ ކުންފުންޏަށް ރަށްތައް ދޭތީ އާޒިމްގެ ނުރުހުން

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ތިން ރަށް ދޭން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ނުރުހުން ފާޅުކުރައްވައިފިއެވެ.

އެގްރޯ ކުންފުންޏަށް ދިނުމަށް ނިންމާފައިވަނީ ތިން ރަށަކީ، ހއ.މުލިދޫއާއި، ލ.ގާދޫއާއި ގދ.ގަމެވެ. މި ތިން ރަށަކީ ބިމުގެ ޖާގަ ތަނަވަސް ރާއްޖޭގެ ނިސްބަތުން ބޮޑެތި ރަށްތަކެވެ. އެ ކުންފުންޏަށް މި ރަށްތައް ދީފައިވަނީ ކުންފުނީގެ މަސައްކަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޢާޒިމް ވިދާޅުވީ އެގްރޯ ކުންފުނީ އުފެއްދި މަޤުޞަދަކީ ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރުކުރުމުގައި އެހީވުން ކަމަށެވެ. އަދި އެ ކުންފުނީގެ ބޭނުމަކީ ދަނޑުވެރިންގެ މަސައްކަތުގެ ތެރެއަށް ވަނުމެއް ނޫން ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

“މިފްކޯ އިން ވެސް މަސްވެރިކަން ކުރާކަށް ނޫޅޭ ދެއްތޯ” އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ޓެގް ކުރައްވައި އާޒިމް ވިދާޅުވިއެވެ.

އެގުރޯ ކުންފުންޏަށް ބިން ބޮޑު ތިން ރަށް ކުއްޔަށް ދީފައިވާއިރު އެ ކުންފުނިން ބުނެފައިވަނީ އެ ކުންފުނިން އެ ރަށްރަށުން ބިން ކަނޑައި ދިގު މުއްދަތަށް ދަނޑުވެރިންނަށް ކުއްޔަށް ދޫކުރާނެ ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: