ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަރުންގެ މުސާރައާމެދު ހިތްހަމަނުޖެހުން!

ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތުން ކްރޮސް ރޯޑްސްގައި ދެ ދުވަހަށް ފެށި "ވިއަވަތި ރާއްޖެ" މަހާސިންތާގެ ތެރެެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި ބޮޑެތި ބަދަލްތަކާއިއެކު ގިނަ ބާރުތަކެއް ކައުންސިލްތަކުން ނެގިއެވެ. އަދި ކައުންސިލަރުންނަށް ދެމުން އައި މުސާރަ އާއި އިނާޔަތްތަކަށް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުން ބޮޑު ބަދަލު ގެނެސްފައިވެއެވެ. އެހެންކަމުން ކައުންސިލްތަކަށް ހަގީގީ ބާރުވެރިކަމެއްދީ ރަށްތަކުގެ ހަގީގީ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ދިނުމަކީ ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަދި މުސާރަ އާއި އިނާޔަތް އިޔާދަކޮށް ހައްގު މިންވަރު ދިނުމަކީވެސް މި ސަރުކާރުގެ ވައުދެކެވެ.

ސަރުކާރުގެ މި ވައުދު ފުއްދުމަށް ގާނޫނުތަކަށް ބަދަލު ގެނެސް ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ސަރުކާރާއި ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކަށް ވެފައިވަނީ އީދު ބަންދަށް ފަހު އާ ކައުންސިލަރުން ހުވާ ކުރުމާއެކު ލާމަރުކަޒީ ނިޒާމުގެ މުޅީން އާ ބާބެއް ފެށޭނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަންގެ މަޝްވަރާތަކަށް ފަހު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ނިންމާ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ޖެނުއަރީ 9، 2020 ގައެވެ. ނަމަވެސް މަޖިލީހުގައި އެ މަސައްކަތް މަޑުޖެހިފައި އޮތީ ކައުންސިލް އިންތިހާބު ފަސްވެ ހިނގަމުންދާ ދައުރަށް އިތުރު މުއްދަތުތަކެއް ދޭން ޖެހުމުންނެވެ. އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އިންތިހާބު ބޭއްވި، އާ ކައުންސިލަރުން ހުވާކޮށް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާން ހަމަޖެހުމުން މާލިއްޔަތު ކޮމެޓީން ވަނީ ކައުންސިލަރުންގެ މުސާރައާ ގުޅޭގޮތުން ޕޭ ކޮމިޝަނުން ފޮނުވި މައްސަލައަށް ގޮތެއް ނިންމާފައެވެ. ނަމަވެސް ކޮމެޓީގެ ނިންމުން އައ ީމެންބަރުންގެ ހަނި އަގުލަބިއްޔަތަކުން ގިނަ ހިޔާލްތަފާތުވުން ތަކަކާއިއެކުއެވެ.

ކޮމެޓީން އިއްޔެ ނިންމި ނިންމުމުގައި އަތޮޅު ކައުންސިލަރުންގެ ރައީސްއަށް 28،000 ރުފިޔާ އަދި ރަށު ކައުންސިލްތަކުގެ ރައީސްއަށް 23،000 ރުފިޔަ މުސާރައިގެ ގޮތުގައި ދިނުމަށްވަނީ ހަމަޖައްސާފައެވެ. އަދި ރަށު ކައުންސިލްގެ ނައިބު ރައީސްއަށް 15،000 ރުފިޔާގެ އިތުރުން ކައުންސިލް މެންްބަރުނަށް 12،000 ރުފިޔާ ދިނުމަށް ކޮމެޓީން ވަނީ ނިންމަފައެވެ. ސިޓީ ތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ ދޭން ނިންމާފައި ވާއިރު ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ ދިނުމަށާއި ސިޓީ ކައުންސިލްތަކުގެ މެންްބަރުންނަށް 30،000 ރުފިޔާ ދޭން ނިންމި ނިންމުމާއިއެކު މިކަމާމެދު ގިނަ ބަޔަކުދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކައުންސިލް ތަކުގެ ރައީސުންނާއި ރަށު ކައުންސިލް ރައީސުންނަށް ދޭން ނިންމާފައިވާ މުސާރައަކި ކުރިންދިން މުސާރައަށްވުރެ ބޮޑު މުސާރައެކެވެ. މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވި ގޮތުގައި މުސާރަތައް ބޮޑު ކުރުމުގައި ޕޭ ކޮމިޝަނުން ބަލާފައިވަނީ އެކި ދާއިރާތަކުން މިހާރު ދެމުންދާ މުސާރައަށެވެ. އަދި އެކި މަގާމުތަކަށް މުސާރަ ކަނޑައަޅާފައިވަނީ އެ ފެންވަރުގެ އެހެން މަގާމުތަކަށް ބެލުމަށް ފަހު ކަމަށް ޕޭ ކޮމިޝަނުން އަންގާފައިވާ ކަމަށާއި ކޮމެޓީގެ ނިންމުން އައީ އެ ކަންކަމަށް ރިޔާއަތް ކުރުމަށް ފަހުކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ނިންމުމަށް މެންްބަރުންގެ އިތުރުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމާމެދު މެންބަރުންގެ މެދުގައި މާބޮޑު ހިޔާލު ތަފާތުވުމެއް ނެތް ނަމަވެސް އެކި މަގާމުތަކަށް ހަމަޖައްސާފައިވާ މުސާރައާ ދޭތެރޭ މެންބަރުންގެ ހިޔާލުވަނީ ތަފާތުވެފައެވެ. މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރުމުގަ އެވެ. އެގޮތުން 23،000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށާއި އެއަދަދު 20000އަށް ކުޑަކުރުމަށް ބައެއް މެންބަރުން ވިދާޅުވިއެވެ. ކައުންސިލަރުންގެ މުސާރައަށް ގެންނަން ނިންމި އާ ބަދަލާއެކު އާންމުންގެ ޝަކުވާތައްވެސް ބަންޑުން ކޮށްލިއެވެ. މުޅި ސޯޝަލް މީޑިއާގައި މިވާހަކަ އޮތްއިރު ގިނަ ބަޔަކު ބުނަމުންދަނީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށެވެ.

މިއީ ސިޔާސީ ނިންމުމެކަމަށާއި ކިޔަވައިގެން ގައުމު ބިނާ ކުރުމުގެ މުހިންމު ވަޒީފާތައް އަދާ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ސިވިލްސާވިސް މުވައްޒަފުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ގެއަށް ގެންދަން 6،000 ރުފިޔާވެސް ނުލިބޭ މީހުން ކަމަށް ވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެކަމަކު ތައުލީމީ ފެންވަރުންދަށް ބަޔަކަށް މިހާބޮޑު މުސާރައެއް ދޭން ނުޖެހެނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ތައުލީމީ ގާބިލް ޓީމެއް ކައުންސިލްތަކުގެ ވެރިންގެ ގޮތުގައި ތިބެ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ރާއްޖެއަށް ވަރަށް މުހިންމެވެ. ގާބިލް މީހުން މަގާމަށް އައްޔަން ކޮށްގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ފޮނި ނަތީޖާ ލިބޭކަށްނެތެވެ. ނަމަވެސް ރާއްޖޭގައި އަދި ކަންކަން ހުރީ އެގޮތަށް ނޫންކަން ނިމިގެންދިޔަ އިންތިހާބުންވެސް ސާފުވެއެވެ. ތައުލީމީ ގާބިލް ކެންޑިޑޭޓްގެ ބަދަލުގައި ގިނަ މީހުންގެ އިހުތިޔާރަކަށްވީ ތާއީދު ކުރާ ޕާޓީގެ ކެންޑިޑޭޓުންނެވެ. ތައުލީމީގޮތުން އެއްޗެއް ނޭންގޭ ޕާޓީ ވެގެން ރަށުގެ ހޮޅުއަށީގައި ދެބަސް ބުނާހަމައެކަނި ލިޔަން ކިޔަން އެކަނި ދަންނަ މީހާއަށް ބާވީސް ހާސް ރުފިޔާ ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ބުނާނަމަ ތައުލީމީ ގާބިލް މީހުންނަށް ވޯޓްދޭން ކެރެންވެސް ވާނެ އެވެ. ތިމާ ތާއީދު ކުރާ ޕާޓީގެ މީހާއަށްވުރެ ރަށާއި މުޖްތަމައުއަށް ހިދުމަތް ކުރާނެ ކެންޑިޑޭޓަށް ވޯޓްދޭން ޖެހެއެވެ.

ކައުންސިލަރުންގެ މުސާރައަށް ގެންނަ ބަދަލާމެދު މަޖިލީހާއި އާންމުންގެ މެދުގައިވެސް ކަންބޮޑުވުން އޮތްއިރު މާލިއްޔަތު ކޮމެޓީގެ ނިންމުން ތަޅުމަށް ހުށައަޅާ ފާސްކުރަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: