ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީ ވެގެން ދާނީ ފުލުހުންގެ ގާނޫނު ތަންފީޒްކުރުމަށް މުހިންމު މަރުކަޒަކަަށް: ޢިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ޕޮލިސް އެކަޑަމީ ވެގެން ދާނީ ފުލުހުންގެ ގާނޫނު ތަންފީޒްކުރުމަށް މުހިންމު މަރުކަޒަކަަށް ކަމަަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ޤާއިމުކުރެވޭ “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓް” ގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށާއި އައްޑޫ ސިޓީގެ ފުލުހުންނާ ބައްދަލުކުރެއްވުމަށް އެ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ކޮލެޖު ބައްލަވާލެއްވުމަށްފަހުއެވެ.

މިނިސްޓަރު ޢިމްރާން ވިދާޅުވީ، ނެޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯއެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބުނާ ފަދަ ފުލުހުންގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަމްރީނު މަރުކަޒަކަށްކަމަށެވެ.

އަދި އެ ކޮލެޖު ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާޢީ އަދުލުގެ އަދި އިޖުތިމާޢީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށް ކަމަށާއި، އައްޑޫގެ ރައްޔިތުންނަށާއި، ދަރިވަރުންނާއި އިޤުތިޞާދަށް ގިނަ ފައިދާތަކެއް ކޮށްދޭނެ ތަނަކަށް އެކޮލެޖުވެގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެންމެ ފަހުން އައްޑުއަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވަނި މިއަހަރު މާރިޗުމަހު އެ އެކަޑެމީ ހުޅުވޭނެ ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތުވެސް ވަނީ ފާއިތުވެގެން ގޮސްފައެވެ.

މިނިސްޓަރ ޢިމްރާން މިއަދު ވިދާޅުވީ އެތަނުގެ މަސައްކަތް އަވަސް ކުރުމަށް އަދިވެސް އިތުރު ލޭބަރުން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރަކީ އިންޑިއާގައި އިންތިހާއަށް ކޮވިޑް ފެތުރެމުންދާ ދުވަސްވަރަކަށްް ވުމުން އެގައުމުން މީހުން އެތެރެކުރުުމަކީ ފަސޭހާ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: