ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގެ މައުލޫމާތު އަސްލަމް ހޯދަން ނޫޅުއްވާ: ހަސަން ލަތީފު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް :- ފޮޓޯ_ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި މަޖިލީހަށް ބޭނުންވާ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ނޫޅުއްވާ ކަމަަށް ހެންވޭރު ހުޅަނޑު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ހަސަން ލަތީފް މަޖިލީހަށް ފޮނުއްވި ސިޓީއެއް ޓްވިޓާގައި މިއަދު ހިއްސާ ކުރައްވަމުން އޭނާ ވަނީ އެމްއެމްޕީއާރްސީ މައްސަލައާ ގުޅޭގޮތުން އޭނާ ސާފުކުރަން ބޭނުންވި މައުލޫމާތުތަކަކީ ކޮބައިން އެ ސިޓީން ސާފުވާނެ ކަމަށެވެ.

އަސްލަމް މުގައްރިރުކަން ކުރައްވާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުން އެ މައުލޫމާތު ހޯދުމަށް އެދެން ނިންމުމުން ވެސް އެކަން ނުކުރައްވަން އަސްލަމް އުޅުއްވަނީ ކީއްވެގެންތޯ ހިތަށް އަރާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އެ ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ ގެ ވައްކަމާ ޚިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި، ސަލާމަތީ ޚިދުމަތްތަކުގައި ކުރީގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތްތަކާއި، ޝަރުޢީ ދާއިރާގައި ކުރީގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި މިހާރުވެސް މެމްބަރު ކަމުގައި ތިއްބެވި ފަރާތްތަކާއި، ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުން ހިމެނޭކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: