ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީނަން ފޭބި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ނިލަންދޫ ކައިރި އަށް ފީނަން ފޭބި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ ނިލަންދޫ ކައިރިން ޑައިވިން އަށް ގޮސް އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެެން މިއަދު ތިނެއް ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާ އެކު ޕޮލިސް ލޯންޗެއްގައި އެމީހާ ނިލަންދޫ އަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް އެމީހާ މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހާދިސާ ހިނގާފައިވަނީ ނިލަންދޫ ކައިރީގައި އޮންނަ ތިން ވަން މުލި ކިޔާ ސަރަހައްދަކަށް މަސް ހިފަން ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ހާލު ސީރިއަސްވެފައި ވަނީ އަހުމަދު ޝިފާޒް ނަމަކަށް ކިޔާ މީހެކެވެ. އޭނާއާއެކު މަސް ހިފަން ދިޔައީ ޖަޒްލާން މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: