ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންކާ ރަޝީދުގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހެލްތު މިނިސްޓްރީން ހުޅުވާލި ތަޢުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހު ލިޔުއްވި ބަޔާނުގައި، އަލްމަރުހޫމް އިބްރާހީމް ރަޝީދަކީ އެމަނިކުފާނާއި ވަރަށް ގާތް ގުޅުމެއްބޭއްވި ވަރަށް އެކުވެރި ބޭފުޅެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަކިވެ ވަޑައިގެންނެވިއިރު ޤައުމީ ޚިދުމަތުގެ ތާރީހުން، މިހާރުގެ ޖީލުތަކަށް ދޫކުރެއްވި އެންމެ ރީތި ނަމޫނާއަކީ، އިލާސްތެރިކަމާއި، ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވުމުގެ މަތިވެރި ސިފަކަމުގައިވެސް ރައީސް ވަނީ ލިޔުއްވާފައިވެއެވެ.

ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޚޫމް އިބްރާހީމް ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.

އިބްރާހީމް ރަޝީދު އަވަހާރަވެފައިވަނީ 31 ޖެނުވަރީ 2021 ގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 92 އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: