ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާދިއްފުއްޓާއި، މާވަށުގައި އަލުން ރި-ރަޖިސްޓްރީ ވާކަށް ނުޖެހޭނެ: ޝަރީފް

އީސީގެ ރައީސް އަހުމަދު ޝަރީފު-- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ތ. ގާދިއްފުއްޓާއި ލ. މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށްގެންދަން ނިންމި ނަމަވެސް އެދެރަށުގައި އަލުން ވޯޓަށް ރީ-ރަޖިސްޓްރީވާން ނުޖެހޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން މި ދެ ރަށުގައިވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމާފަައިވަނީ ދާއިރާ ނޫން ބަޔަކު އެ ދެ ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާން ނުކުރިނަމަވެސް އިލެކްޝަން އަންނަ ޝަކުވާތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދެރަށުގައި އިންތިޚާބު ބޭއްވި ކަމުގައި ވީނަމަވެސް އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭނެކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ގެންދާނީ ހަމައެކަނި މައްސަލަ ޖެހުނު ފޮށީގައި އެކަނި ކަމަށެވެ. އެހެންކަމަށްވުނުމުން އެފޮއްޓަށް ކުރިންވެސް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު އޮންނާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: