ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕުކުރާތީ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ފައިސާ ޗާޕްކޮށް، ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ފައިސާ ބެހުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރު ކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް ނެގި ވޯޓުގައި އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ ފަސް މެމްބަރުންނެވެ. އަދި ބިލު ބަލައިގަތުމާއި ދެކޮޅަށް 29 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައި ނުގަނެވި އިގްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ވަގުތެއްގައި އަދި އާއްމު ރައްޔިތުންގެ އެތައް ބައެއްގެ ވަޒީފާ ގެއްލި، ގެދޮރު ގެއްލި މަސްވެރިން ބާނާ މަސް ނުކިރި މަހަށް އަގު ނުލިބި އެތައް އާއިލާއެއް ނިކަމެތިވެފައިވާއިރު ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ސަރުކާރުން ފައިސާ ޗާޕް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ފައިސާ ޗާޕްކޮށް މި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ނިންމަމުންދާ ކަމަށާއި، ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި ކޯޓުން ބޭރުން ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް ކޮމިޓީގެ ތެރެއިން އެއްވެސް ކަހަލަ ބެލުމެއް ނެތި ބޮޑެތި އަދަދުތަކުން ބައެއް ފަރާތްތަށް ފައިސާ ދޭން ނިންމަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުން ނިކަމެތި ހާލުގަިއ ތިއްބައި، އެތައް މިލިޔަން ރުފިޔާ ބަދަލުގެ ގޮތުގައި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް އެގޮތަށް ނަގައިދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށް ވާތީ އާއި ރައްޔިތުންގެ ފައިސާއަކީ، ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން ބޭނުން ކުރަން ޖެހޭ ފައިސާއަކަށް ވާތީ އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: