ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ތެރެއިން ބަރުލަމާނީ ފާޅުވާން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލޭގެ ފާރުތަކުން ބަރުލަމާނީ ނިޒާމަަަށް ތާއީދުކޮށް ކުރަހާފައިވާ ލޯގޯތައް ފާޅުވާން ފަށައިފިއެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.

ނަޝީދުގެ އެ މެސެޖަށް ފަހު އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ގެންދަނީ ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.

މިއާއެކު އެކްޓިވިސްޓުން އަންނަނީ ސޯސަލް މީޑިއާގައި ބަރުލަމާނީ ނިޒާމު ޕްރޮމޯޓު ކުރަމުންނެވެ. އަދި މިހާރު މާލޭގެ ބައެއް ފާރުތަކުން ވެސް ބަރުލަމާނީ އަށް ތާއީދުކުރާ ލޯގޯތަކާއި ޕޯސްޓަރުތައް ވެސް ވަނީ ފެންނަން ފަށާފައެވެ.

ނަޝީދުގެ އެ މެސެޖާއެކު ރައީސް ސޯލިހާ ހަވާލާދެއްވާ ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް މީޑިއާތަކަށް ފޮނުއްވި މެސެއްގައި ވިދާޅުވީ، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގައި ރައީސްގެ ވިސްނުފުޅު ހުރި ގޮތް މަބުރޫކުގެ މެސެޖުގައި ވިދާޅުވެ ދެއްވި އެވެ.

“މިހާރު މި އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރަމުންދާ ގޮތެއް ކަމަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،” މަބްރޫކުގެ މެސެޖުގައިވެ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: