ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް މަސް ދުވަހަށް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރަނީ!

ކޯޓުގައި ކުރިޔަށް ގެންދާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނައުން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގަައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 1 މަސް ދުވަހުގެ މުއްދަތަކަށް ގެއަށް ބަދަލުކުރަން ނިންމައިފިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ނިންމާފައިވާކަން މަސްދަރުތަކުން “ސަންގު” އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކުރާނެ ތާރީހެއް އާއިލާއަށް އަދި އަންގާފައި ނުވެ އެވެ.

ރޯދަ މަހު ރައީސް ގެއަށް ބަދަލުކޮށްދޭން އާއިލާގެ ފަރާތުންނާއި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ހުށަހަޅުއްވާފަ އެވެ. އެ ސިޓީގައި އެދިފައިވަނީ، ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ޑޮކްޓަރުންގެ ލަފާގެ މަތިން ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކޮށްދިނުމަށެވެ.

ރޯދަ މަސް ފެށުމުގެ ކުރިން، ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދި އާއިލާގެ ފަރާތުންނާއި، ޕާޓީން ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމުގެ މަޝްވަރަތައް ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ.

އެ ދުވަހުގެ ޕްރެސްގައި ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޔާމީނަށް ދެރަ ގޮތެއް މެދުވެރިނުވާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: