ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިންގަނޑަށް ނުފެތޭ އުޅަނދުތަކަށް ހުޅުލެއަށް ނުވަދެވޭނެ: ފުލުހުން

ރިންގްރޯޑްގައި ޓެކްސީތަކެއް ދުއްވަނީ.. ފޮޓޯ:މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޓެކްސީތަކުން އަމަލުކުރަންޖެހޭ މިންގަނޑަށް ނުފެތޭ ޓެކްސީތަކަށް އެއާޕޯޓު އޮންނަ ހުޅުލެ އަށް ނުވަދެވޭނެ ކަމަށް ފުލުުހުން ބުނެފި އެވެ.

ހަލުއިކަމާއކު ކޮވިޑް ފެތުރެމުންދާ މި ހާލަތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއާޕޯޓަށް ދަތުކުރާ ޓެކްސީ، އަދި އެހެނިހެން ވެހިކަލްތައް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެޗްޕީއޭން އެކުލަވާލާފައިވާ ގަވާއިދު ނުވަތަ އުސޫލުގައިވާ ގޮތުން ޓެކްސީތަކުގައި ޑްރައިވަރު ޝީޓާ ފަސިންޖަރުން ތިބޭ ސީޓާ ދެމެދު ޕާޓިޝަން ހުންނަން ވާނެ އެވެ. ޑްރައިވަރުން ވެސް ފަސިންޖަރުން ވެސް ތިބެންވާނީ މާސްކު އަޅައިގެންނެވެ. ދަތުރުގައި ޓެކްސީގެ ފަހަތުގެ ކުޑަދޮރުތައް ހުންނަން ވާނީ ބިއްލޫރިގަނޑު ތިރިއަށް ކަހާލައިފަ އެވެ.

ފުލުުހުން ބުނީ ހުޅުލެއަށް ދިއުމަށް ހުއްދަދެވޭނީ މިންގަނޑަށް ފެތޭ އުޅަނދުތަކަށް އެކަނި ކަމަށެވެ. އޭގެ އިތުރުން މާލެއާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ އާއި އުޅަނދުތައް ޗެކް ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: