ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

“ދޭތިން އެކައްޗަށް” ނަމުގައި އިދިކޮޅު ކޯލިޝަނުން ރޭ ކުރި މުޒާހަރާއިން ހައްޔަރު ކުރިން މީހުން ދޫކޮށްލައިފިއެވެ.

ރޭ މުޒާހަރާގެ ތެރެއިން ނުވަ މީހަކު ހައްޔަރު ކުރިއިރު އެއިން ކޮންމެ މީހަކު ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާ ކުރުމަށް ފަހު އެންމެން ވެސް ރޭ ވަނީ ދޫކޮށްލާފައެވެ.

އިދިކޮޅުން ބުނި ގޮތުގައި ރޭގެ މުޒާހަރާގެ ބައިވެރިންނާއި އިޙުތިޖާޖުގައި ބައިވެރިވުމަށް މަސައްކަތް ކުރި ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރުމަށް މަސައްކަތް ކުރިއިރު ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށެވެ.

މުޒާހަރާގެ ބައިވެރިންނަަށް އަނިޔާވެރިކޮށް ހައްޔަރު ކޮށްފައިވާއިރު، އޭގެތެރޭގައި އިދިކޮޅު ދެ ޕާޓީގެ ކައުންސިލް މެންބަރުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންނާއި ޢާންމު ރައްޔިތުންގެ އިތުރުން ދެ ލޯޔަރަކުވެސް ހައްޔަރުކޮށްފައިވާ ކަމަަށް އިދިކޮޅުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: