ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީމާމުވެ ދަމުނަމާދު ކުރުމަށް ޝަހީމްއަށް މިފަހަރު ފުރުސަތު ލިބިލެއްވީ ހުޅުމާލޭގައި އަލަށް ޤާއިމް ކުރެވުނު މިސްކިތަކުން

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފުރުސަތު ގެއްލިއްޖެއެވެ.

ޝަހީމް އަދި ގިނަ ދިވެހި ރައްޔިތުންވެސް އެންމެ ބޮޑަށް ގަބޫލުކޮށްގެންތިބީ ޝަހީމަށް އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ޝަހީމް ހުޅުމާލޭގައި ދިރިއުޅުއްވާ ގެއާ ކައިރިގައި ހަދާފައިވާ “ދިގަލި މިސްކިތް” ގައި އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ ދެއްވާފަ އެވެ. އެކަން ޝަހީމު ވެސް ވަނީ ޔަގީން ކޮށްދެއްވާފަ އެވެ.

ރޯދަ މަހުގެ ފަހު ދިހައިގައި އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ދަމު ނަމާދު ކުރެ އެވެ. މީގެކުރިން ބައެއް އަަހަރުތަކުގައި ޑރ. ޝަހީމް އިމާމުވެ ދަމު ނަމާދު ކުރައްވާފައިވެ އެވެ. ޝަމީމަކީ ވަރަށް ރީތިކޮށް ކީރިތި ގުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ. އެހެންކަމުން މަރުކަޒުގައި ޝަހީމު އިމާމުވެ ދަމު ނަމާދު ކުރެއްވުމަކީ ގިނަ ބަޔަކު އެދޭ ކަމެކެވެ.

އެކަމަކު ޝަހީމް މިއަދު ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރުމުގެ ފުރުސަތު މި އަހަރު ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: