ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނަަށް މަގުފަހިވާ ގޮތަށް އޮޅުވާލައިގެން ގަރާޖް ސިޓީ ވިއްކުން ހުއްޓުވަންޖެހޭ: ޑރ. މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވާލައިގެން މީހުނަށް ގަރާޖް ސިޓީ ވިއްކާ ވިއްކުން ހުއްޓުވެން ޖެހޭ ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ގަރާޖު ސިޓީއާ ނުރާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކުރުމާ ގުޅިގެންނެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާޒަކީ، މިކަން ހައްލު ކުރުން ހިމެނޭގޮތަށް، މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ހިތްފަސޭހަ އަމާން ތަނަކަށް ހެދުން ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫޏްވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެންނުވާކަމަށެވެ.

އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުންވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: