ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބާކީ ކޮށްލައިފި، މި ސަރުކާރު ގެނައީ ކީއްކުރަންބާއޭ ހިތަށް އަރާ: ދުންޔާ

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

މި ސަރުކާރު އިންތިހާބުކުރީ ކީއްކުރަންބާއޭ މިހާރު ހިތަށް އަރާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ ކޮވިޑްގެ ކޭސްތައް ނުރައްކާ މިންވަރަކަށް މަތިވަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ދުންޔާ ވިދާޅުވީ ރައްޔިތުން ބާކީ ކޮށްލައިފި ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ.

"މި ސަރުކާރު އިންތިހާބުކުރީ ކީއްކުރަންބާއޭ ހިތަށް އަރާ" ދުންޔާ ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްތަކުގައި ވެސް 300 އިން މައްޗަށް ޕޮޒިޓިވް ކޭސްތައް އަރާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަތް ދުވަހުގެ ތެރޭގައި ކޮވިޑް ކޭސްތައް ވަނީ 300 އިން މަތީގަ އެވެ. ދެ ދުވަހެއްގައި ނޫނީ ނަންބަރު ހުރީ އެ އަދަދު ގައެވެ. އެންމެ ފަހުން އިއްޔެ ކޮވިޑް ނަންބަރު ވަނީ 400 އިން މައްޗަށް އަރާފަ އެވެ.

މުޅި ހަފުތާއަށް ބަލާނަމަ 2،132 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: