ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިފޯން 12 ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް 5ޖީ ލިބޭގޮތް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައިފޯން 12 ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން ބުނީ 5ޖީ ގެ ހިދުމަތް ހޯދުމަށް އައިފޯން 12 ގެންގުޅޭ ފަރާތްތަކުން އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއަރއަކަށް އަޕްޑޭޓް ކުރުމުން ހިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވެއެވެ.

5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެއެވެ. އަދި އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެއެވެ.

5ޖީ ގެ ޙިދުމަތް އިތުރަށް ފުޅާކުރުމާއެކު މިހާރު އައިފޯން 12، ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓ 20 އަލްޓްރާ، ސެމްސަންގ ގެލެކްސީ އެސް 21، އެސް 21+، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު ލިބޭނެއެވެ.

އައިފޯން 12 އުރީދޫ މޯލްޑިވްސްގެ އީކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ގަނެވޭނެއެވެ. މީގެ އިތުރުން އުރީދޫއިން ލިބެންހުންނަ ހުރިހާ ފޯނުތަކެއް އިންސްޓާލްމަންޓްއަށް ނަގަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ނެގޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: