ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ.މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ވެސް ބައްޔަށް ޕޮޒިޓިވްވަމުންދާތީ ކަމަށެވެ. މާފުށީ ޖަލުން މިހާތަނަށް ތިން އޮފިސަރަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 21 މުވައްޒަފަކު ތިބީ ކަރަންޓީނުގައެވެ.

“މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރެވިފައި.” ކަރެކްޝަންސް އިން ބުނެއެވެ.

ނަމަވެސް އެ މަނިކުފާނު ގެ އަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް ކަރެކްޝަނަލް ސާވިސްއަކުން ނުބުނެއެވެ.

ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީއެއް ލިބިވަޑައިގަންނަވާފައިވާ ކަމަށާއި އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުން ވެސް ކުރީ ހަފުތާގައި އެ މަނިކުފާނާ ބައްދަލުކުރައްވައި ޔާމީނަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: