ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ވެރިކަމަށް ގެންނަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނަން: ޣަައްސާން

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރާކަށް ޕީޕީއެމް ވަރުބައްޔެއްނުވާނެ ކަމުގައި ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ގޭބަންދަނަށް ބަދަލު ކުރުމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް ޔާމީން ގެނައުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ޕީޕީއެމް ދެމި އޮންނާނެކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނުހައްގު ހުކުމެއްކަމަށް ޣައްސާން ވިދާޅުވިއެވެ.

"ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވީތީ ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ޝުކުރު ދަންނަވަން. ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނި ނުހައްގުން. އެމަނިކުުފާނު މިނިވަންކޮށް 2023 ވަނަ އަހަރުގެ ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިކަމެއްނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ." ޣައްސާން ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ.މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ވެސް ބައްޔަށް ޕޮޒިޓިވްވަމުންދާތީ ކަމަށެވެ. މާފުށީ ޖަލުން މިހާތަނަށް ތިން އޮފިސަރަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 21 މުވައްޒަފަކު ތިބީ ކަރަންޓީނުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: