ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއެންއޭގެ ސިސްޓަމް ހެކް ކުރުމާ ގުޅިގެން ޔޫޓީއެފް ތަރުޖަމާ ލޯންޗު ކުރުން ލަސްކޮށްފި

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ސިސްޓަމް ހެކް ކުރުމާ ގުޅިގެން އުތުރު ތިލަފަޅު އެގްރީމެންޓް ޑްރާފްޓް ގެ ދިވެހި ތަރުޖަމާ ލޯންޗު ކުރުން ލަސް ކޮށްފިއެވެ.

ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދުވެފައިވާ ކަމަށް ބުނާ އުތުރު ތިލަފަޅު އެގްރީމެންޓް ޑްރާފްޓް ގެ ދިވެހި ތަރުޖަމާ، ފޮތެއްގެ ސިފައިގައި ނެރުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ރޭގެ ވަގުތެއްގައެވެ.

ނަމަވެސް ޑީއެންއޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ސިސްޓަމް ހެކް ކުރުމާ ގުޅިގެން ރޭ ބާއްވަން ހަމަޖެހުނު ހަފްލާ އަންނަ ހަފްތާ އަށް ފަސްކޮށްފައިވާ ކަމަށެވެ.

އުތުރުތިލަފަޅުގައި ބަނދަަރަކާއި ފާލަމަކާއި އަދި ޑޮކްޔާޑެއް ތަރައްޤީ ކުރުމަށް 21 ފެބްރުއަރީގައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި ވަނީ ސޮއި ކުރެވިފައެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އެ އެއްބަސްވުމުގެ ޑްރާފްޓެއް ވަނީ ލީކުވެފައެވެ. އެ ޑްރާފްޓުގައި ވާގޮތުން ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިންނަށް ތިބެވެއެވެ. އަދި އެތަން ބެލެހެއްޓުމުގައިވެސް އިންޑިއާގެ ދައުރުވަރަށް ބޮޑެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ވަނީ ލީކުވެފައިވަނީ ބަޔަކު ހަދާފައިވާ ލިޔުމެއް ކަމަށް ބުނެފައެވެ.

“ޑީއެންއޭގެ ސިސްޓަމް ހެކްކުރުމާ ގުޅިގެން މިރޭ ބާއްވަން ހަމަޖެހުނު ޔޫޓީއެފްގެ ތަރުޖަމާ ލޯންޗުކުރުން އަންނަ ހަފްތާ އަށް ފަސްކޮށްފިން” އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 86%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: