ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭދަފުށިން އިތުރު ނުވަ މީހުން ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އޭދަފުށިން އިތުރު ނުވަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބުދަ ދުވަހުގެ މެންދަމު ބާރައިން ބުރާސްފަތި ދުވަހުގެ މެންދަމު ބާރަށް އެރަށުން ނުވަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 137 އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވި ނުވަ މީހުގެ ތެރެއިން ހަތް މީހުންނަކީ ބަލި ފެނިގެން ކަރަންޓީންކޮށްފައިވާ ގެތަކުން ޕޮޒިޓިވްވި މީޙުންނެވެ. ދެން ޕޮޒިޓިވްވީ ފްލޫ ކްލިނިކަށް ރޯގާގެ އަލާމާތްތައް ހުރެގެން ދެއްކި ދެމީހުންކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ނެރުނު ތަފާސްހިސާބުތަކުން ދައްކައެވެ.

އޭދަފުށިން ކޮވިޑް ފެނުނު ފަހުން ކޯވިޑް ފެސިލީޓީގައި ފަރުވާ ދީފައިވަނީ އެންމެ މީހަކަށެވެ. ފަންސާސް އަހަރުން މަތީގެ އެ އަންހެންމީހާ ފެސިލިޓީން ދޭންޖެހޭ ފަރުވާ ދިނުމަށްފަހު ގެއަށް ކަރަންޓީންވުމަށް ވަނީ ދޫކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: