ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 109 މިލިއަން ރުފިޔާގެ ފައިދާއެއް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު. ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުން އެކުންފުނިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރިކޮށްގެން ޖުމުލަ 2.2 ބިލިއަން ރުފިޔާގެ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުންޏަށް ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ.

އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން ތެޔޮ ވިއްކައިގެން އެސްޓީއޯއަށް 1.4 ބިލިއަން މިލިއަން ރުފިޔާ ލިބުނު އިރު، ތެޔޮ ނޫން އެހެން ދާއިރާތަކުން ލިބުނީ 706 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2021 ވަނަ އަހަރު ފުރަތަމަ ކުއާޓަރގެ ފައިދާއަކީ 130 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު މިދިޔަ ކުއާޓަރުގެ ސާފު ފައިދާއަކީ 109 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަަލާއިރު 18 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު، 10 ޕަސެންޓް ދަށްވެފައެވެ. ކުންފުނީގެ ހަރަދުތައް މިއަހަރުގެ ފުރަތަމަ ކުއާޓާގައި އުޅޭނީ 231 މިލިއަން ރުފިޔާގައެވެ. އެއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކެއްގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: