ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ލައްކަ މީހުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރާއްޖޭގައި ލައްކަ އަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިންގެ ދެވަނަ ޑޯޒު ދީިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 4،007 މީހަކު މިއަދު ޖަހާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ދެވަނަ ޑޯޒް ޖެހި 2.083 މީހުންނާއި، އަތޮޅުތަކުން ދެވަނަ ޑޯޒް ޖެހި 1،924 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 101،346 އަކަށް އަރާފައެވެ.

ދެވަނަ ޑޯޒްގެ އިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް 1278 މީހުން ވަނީ ޖަހާފައެވެ. އެއާއެކު މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 296،529 އަށް އަރާފައެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިން ކަމަށްވާއިރު، ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: