ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމިނުކިޔާތީ ކުރީގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މައުމޫން ވިދާޅުވީ، ސަހާބީންނާއި ތާބިއީންނާއި އޭގެފަހުގެ ގިނަ ފިގުހު އިލްމުވެރިންނާއި ގާރީންގެ ބަސްފުޅަކީ ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުން ކަމުގައި އިމާމް ނަވަވީ ވިދާޅުވެފައިވާ ކަމަށެވެ.
“އެހެންކަމުގައިވާއިރު ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމިނުކިޔަނީ ކީއްވެބާ؟” މައުމޫން ސުވާލު ކުރެއްވިއެވެ.
މި މައްސަލާގައި އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ގޮތުން ބައެއް ރަށްރަށުންގައި ބިސްމި އަޑުހަރުކޮށް ނުކިޔާ މައްސަލައިގައި އެފަދަ އިމާމުންގެ ފަހަތުގައި ޖަމާއަތުގައި ނަމާދު ކުރަން ބޭނުންނުވާ އެތައް ބަޔަކު އުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.
އަޑުހަރުކޮށް ބިސްމި ކިޔުމާއި ގުޅޭގޮތުން 2018 ވަނަ އަހަރު ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޑު ހަރުކޮށް ކީރިތި ގުރުއާން ކިޔަވާ ނަމާދުތަކުގައި އިމާމުވެ ނަމާދު ކުރައްވާ އިމާމުން އެ ނަމާދުތަކުގައި ގުރުއާން ކިޔަވާ ވިދާޅުވުމުގައި އެންމެ ރަނގަޅީ ފާތިހާ ސޫރަތް ކިޔަވަން ފެށުމުގެ ކުރިޔަށް އަޑު ހަރުކޮށް ބިސްމި ކިޔަވާ ވިދާޅުވުން ކަމަށެވެ.
3 Responses
ތުނބުޅި ބާލައި އޮމާން ކޮށްގެން އަންހެނުންނާއި ދަރިން ބުރުގާ ނާޅާތީ ކަންބޮޑެއް ނުވޭތަ. މުސްކުޅިވެ ބާރު ދޫވީމަވެސް މީހުން މަގުފުރެއްދޭތޯ
ޖަމާއަތަށް ނަމާދަށް ނުވެސް ދާ މީހަކު, ޖަމާއަތުގެ ކަންތަކަށްވުރެ ބޮޑުކަމަކަށް މިވީ ބިސްމި ކިޔުމުގެ މައްސަލަ.
މިފަހަކަށް އައިސް ދިވެހިރާއްޖޭގަ ކިޔަވައިގެން އައިސް ތިބި ޝޭހުންގެ އަމަލުތަކާ އެމީހުންގެ ފަތުވާ ތަކުގެ ސަބަބުން މީސްތަކުންގެ މެދުގަ ދީނައް ދެވިފަ އޮންނަ ގަދަރު ކުޱަވެ މީސްތަކުން ދީން މަތިން ފޫހިވެފަތިބޭކަމައް ފާހަގަކުރެވެ.