ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންގެ ހައްޤުގައި އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ވެރިކަންކުރާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ނަޝީދު ވަނީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކޮށްފައެވެ. ނަޝީދު ވިދާޅުވީ މަސައްކަތްތެރިންގެ އުޖޫރައާއި ޓޫރިޒަމް ދާއިރާގެ ސާވިސް ޗާޖް ކަށަވަރުކޮށްދޭނެކަމަށެވެ.

“އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ.” ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރަކީ މަސައްކަތްތެރިންނަށް ބުރަ ބޮޑު އަހަރަކަށްވީ ނަމަވެސް މިއަހަރު ފެންނަނީ އުއްމީދީ ގޮތަކަށް ކަމަށެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިމަމް ވޭޖްގެ ގޮތުގައި ރަނގަޅު އަދަދެއް މިއަހަރުތެރޭ ދިނުމުގެ އަމާޒުގައި ތިބި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: