ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާ ބޮޑުތަނުން އިތުރުވެއްޖެ

އެމްޓީސީސީ--
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން މިދިޔަ އަހަރު ލިބުނު ބޮޑު މާލީކުރިއެރުމާއެކު، ހިއްސާދާރުންނަށް ރެކޯޑު ފައިދާއެއްދޭންހުށަހަޅަން ނިންމައިފިއެވެ.

އެމްޓީސީއަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ވަނީ ލިބިފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތް ކޮށްގެން އެ ކުންފުނިން ވަނީ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.74 މިލިއަން ރުފިޔާ ހޯދާފަ އެވެ. މިއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާ އާއި އަޅާބަލާއިރު 253 ޕަސެންޓުގެ އިތުރު ވުމެކެވެ.

އެމްޓީސީސީން މި ކާމިޔާބީއާއެކު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފައި ވާއިރު، އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ހޯދި މާލީ ކާމިޔާބީއަކީ 40 އަހަރުތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. އެހެންވެ މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ދޭ އަދަދު މަތި ކުރަން ބޯޑުން ވަނީ ނިންމާފަ އެވެ.

ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާ އަކަށް ތިންރުފިޔާ ބެހުމަށެވެ. ހިއްސާދާރުންނަށް ޖުމްލަ 24.11 މިލިއަން ރުފިޔާ ބަހާނެއެވެ.

އެ ކުންފުނިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ބޯޑުންނިންމިއިރު، އެންމެ ބޮޑު ފައިދާއެއް މިހާތަނަށް ބަހާފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރުހިއްސާއަކަށްދޭން ނިންމީ 2.60 ރުފިޔާއެވެ. ނަމަވެސް އެއަހަރު ހިއްސާގެ ފައިދާ ނުބަހައެވެ.  2019 ވަނަ އަހަރުދީފައިވަނީ ހިއްސާއަކަށް ދެ ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: