ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލުކުރަންޖެހޭ މިންގަނޑާ ހިލާފުވެފައިވޭތޯ ބަލާނަން: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާއާއިދެކޮޅަށް ރޭ ޒުވާނުންތަކެއް މާލޭގައި ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން މިފަދަ ހާލަތްތަކުގައި ބޭނުންކުރަންޖެހޭ ބާރުގެ ބޭނުން ގަވާއިދާއި ޚިލާފަށް ބޭނުން ކޮށްފައިވޭތޯ ބަލާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ގާނޫނު ހުއްދަކުރާ ހާލަތުގައި ވެސް ބާރުގެ ބޭނުންކުރަން ވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ.

“ރޭ ހިނގައިދިޔަ ހާދިސާގައި ޔޫސް އޮފް ފޯސްގެ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބާލަނަން.” އިމްރާން ވިދާޅުވިއެވެ.

ރޭގެ މުޒާހަރާގައި ފުލުުން ވަނީ އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށް އެއްވި ޒުވާނުންނަށް އެކި ވަރުގެ އަނިޔާކޮށްފައެވެ. އަދި ސީދާ މަކި މީހަކަށް އަމާޒުކޮށް މޫނާއި ދިމާލަށް ޕެޕާސްރޭ ޖަހާފައިވާ ވީޑިއޯވެސް ދަނީ ދައުރުވަމުންނެވެ. މިމުޒާހަރާ ކޮންޓްރޯ ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: