ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރި މައްސަލަ ބަލަން ސީޕީ އަމުރު ކުރައްވައިފި

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް ހާއްސަ ސަމާލުކަމެއް ދީގެން ބަލަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަމުރުކުރައްވައިފި އެވެ.

ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ރޭ ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނެ، އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން މުޒާހަރާގަައި ބައިވެރިވި އަންހެނަކަށް އަމާޒުކޮށް ޕެޕާސް ޕްރޭ ޖަހާފައިވާކަން ވަނީ ފާހަގަވެފައެވެ. އަދި ސީދާ މީހާގެ މޫނަށް އަމާޒުކޮށް ސްޕްރޭ ވަނީ ޖަހާފަައެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ އެއްވުން ރުޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރިގޮތް ބެލުމަށް ޢަމުރުކޮށްފައިވާނެކަމަށެވެ. އަދި އެކަމާއި ގުޅިގެން އާންމުންގެހުރި އިޙްސާސްތައް އެނގިވަޑައިގަންނަވާކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

ރަސްފަންނު ކައިރީގައި ރޭ ފެށި މި އިހުތިޖާޖު ފުލުހުން ރޫޅާލައިފައި ވަނީ ފަސް މީހުންނަށް ވުރެ ގިނަ އިން ތަންތަނަށް އެއްވެ ނޫޅެވޭނެ ކަމަށް ބުނެ އެވެ. އިހުތިޖާޖު ރޫޅައިލާން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: