ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްއިން މުދާ ނީލަމުގައި ވިއްކާލަނީ!

އެމްޕީއެލްގެ މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސްހުރި މުދާ ނީލަމުގައި ވިއްކާލާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހާމަކޮށްފި އެވެ.

ނީލަމުގައި ބައިވެރިވުމަށް 10 މެއިގެ 14:00 ގެ ކުރިން ޕޯޓްގެ ވެބްސައިޓުގައި ޝާއިރު ކޮށްފައިވާ ފޯމް ފުރުމަށްފަހު އީމެއިލް ކުރުމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނީލަން ކިޔޭމުދާ ބެލުމަށް 09 މެއިގެ ހެނދުނު 09:00ގެ ކުރިން ނަން ނޯޓްކުރަންވާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. މުދާ ބެލުމަށް އެދި ހުށައަޅާ ފޯމް އެކުންފުނިން އާއްމުކޮށްފައުވާ ޕޯސްޓްގައި ލިންކްކުރެވިފައިވާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. ނީލަމުގައި ވިއްކާލަ ބައެއް ތަކެތީގެ ތެރޭގައި ބޭނުންކޮށްފައިވާ ކާރުގެ އިތުރުން ކެމިކަލް ހިމެނެއެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވަނީ  މެއި 11ގެ 14:00 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހެޑް އޮފީސް ހުންނަ ބަނދަރު މާލަމުގައެވެ.

މުދާ ބެލުމަށް ވަޑައިގަންނަވާއިރު ބޫޓް އަދި ހެލްމެޓް ހިފައިގެން އައުމަށް އެކުންފުނިން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: