ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މުއައްސަސާ އިސްލާޙުކުރަން އެކަށީގެންވާ މަސައްކަތެއް މިސަރުކާރަށް ކުރިވިފައެއް ނެތް: އަލީ ހުސައިން

އަލީ ހުސައިން--
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރަން އެކަށީގެންވާ މަސައްކަތެއް މިސަރުކާރަށް ކުރިވިފައެއް ނެތް ކަމަަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިމިވަނީ، މޭޑޭއާ ދިމާކޮށް ޒުވާނުން އިސްނަގައިގެން ޖިންސީ ގޯނާ ދެކޮޅަށް ރޭ ކުރި މުޒާހަރާ ކޮންޓޯލްކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

މިކަމާ ގުޅިގެން ޢަލީ ޙުސައިން ވިދާޅުވީ، ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރު ފެނުމުން ލޭ ކެކޭކަމަށާއި، ރުޅިވެސް އަންނަކަމަށެވެ.

“މިހާރު ގަބޫލު ކުރެވެނީ ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރަން އެކަށީގެންވާ މަސައްކަތެއް މިސަރުކާރަށްވެސް އަދި ކުރެވިފައި ނުވާކަން.” އަލީ ވިދާޅުވިއެވެ.

ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތާގުޅިގެން ގިނަބަޔަކު އަންނަނީ އެކަމަށް ވެސް ފާޑުކިޔަމުންނެވެ.

ފުލުހުން ރޭގެ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައިވަނީ އޮންނަ އުސޫލުތަކާއި އެއްގޮތަށްތޯ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: