ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ ރޫޅާލި ފުލުހުން ފްރަންޓްލައިން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

މޭޑޭ މުޒާހަރާ ރޫޅާލައި މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށް ބިޑިއަޅުވާފައި- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print
މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ދެކޮޅަށް މާލޭގައި ރޭ ކުރިއަށްދިޔަ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންގެ މައްސަލަ ބަލައި ނިމެންދެން، އެފަރާތްތަކުން ފްރަންޓްލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމައިފިއެވެ.
މޭޑޭއާއި ދިމާކޮށް ރޭ ކުރިޔަށް ގެންދިޔަ އެ ހިނގާލުމަށް ހުރަސް އަޅައި، ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އަދި އެއްވުމުން ބައެއް ޒުވާނުން ހައްޔަރު ކުރުމުގައި އަނިޔާކޮށް، މޫނަށް އަމާޒުވާ ގޮތަށް ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ.މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއި މެދު މީޑިއާގެ ފާޑުކިއުންތައް ވެސް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. މުޒާހަރާގައި އިސްކޮށް އުޅުނު އަންހެން ކުދިންތަކެއް ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުުރވަމުން ދާއިރު އަންހެން ކުއްޖާގެ ބޮލުގައި ހިފާ ހިއްލާލުމަށްފަހު އަންހެން އޮފިސަރެއް އޭނާގެ މޫނަށް ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ޖަހައެވެ. އަދި އެ ވަގުތު އަންހެން ކުއްޖާއަށް އެހީތެރިވުމަށް މަސައްކަތް ކުރާ ދެ އަންހެން ކުއްޖެއްގެ މޫނަށް އަމާޒުކޮށް ވެސް ޕެޕާ ސްޕްރޭ ޖަހައެވެ.https://twitter.com/PoliceMv/status/1388824952607055872

ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯއާއި އެކު ރޭގެ މުޒާހަރާގައި އުޅުނު އޮފިސަރުންގެ މައްސަލަ ބަލަން އާއްމުން ދަނީ ގޮވާލަމުންނެވެ. އަދި ފުލުހުންގެ ރީފޯމްއަކީ މިއީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: