ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ މުޒާހަރާގެ މައްސަލަ މަޖިލީހުގެ ދެ ކޮމިޓީއަކަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ރައްޔިތުން މަޖިލީހުގެ ދެ ކޮމިޓީއަކަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕާލިއަމެންޓް ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރޭގެ އިހުތިޖާޖުގެ ބައިވެރިންނާ މެދު ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުން ކޮށްފައިވާތީ، އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަދި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

“މި މައްސަލައިގައި މަޖިލީހުގެ އިހުތިސޯސްގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީގެ ޕީޖީން ކުރަމުން ގެންދާނަން،” އަލީ އާޒިމް ވިދާޅުވިއެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި މި ހަރަކާތް ފެށީ ރޭ ރަސްފަންނު ސަރަހައްދުންނެވެ. އަދި މި ހަރަކާތުގެ ބައިވެރިން ވަނީ މަޖީދީމަގުގައި ޝުއޫރުތައް ފާޅުކުރަމުން ހިނގާފައެވެ. ނަމަވެސް ވަކި ހިސާބަކުން އެ ފަރާތްތައް ހުއްޓުވައި ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފައެވެ.

ފުލުހުން އެއްވުމުގެ ބައިވެރިން ހުއްޓުވީ ނަސޭހަތް ދިނުމަށްފަހު ކަމަށްވާއިރު، އެއްވުމުގެ ބައިވެރިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ވަނީ ޕެޕާރ ސްޕްރޭ ވެސް ޖަހާފައެވެ.

ރޭގެ މުޒާހަރާ ފުލުހުން ރޫޅާލި ގޮތާއި ގުޅޭގޮތުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ފުލުހުންނަށް އަމާޒުވެފައިވާއިރު، އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: